އއ. ހިމަންދުއަށް މަސްތުވާތަކެތި ގެންދިޔަ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު މައިނުއްދީން (35 އ) އެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ މި މަހުގެ 22 ވަނަ ދުވަހު ހިމަންދޫ ބަނދަރު ސަރަހައްދުން ކަމަށެވެ. އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓް ފެނުނު ކަމަށްވެސް ފުލުހުން ބުންޏެވެ.
މައިނުއްދީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 7 ދުވަސް ވަނީ ޖަހާފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ހިމަންދޫއަށް ޑްރަގު އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ