500އަށް ވުރެ ގިނަ ވަޒީފާއާ އެކު އެމްއެންޔޫގެ ފެސްޓިވަލް ފަށައިފި

ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން ބާއްވާ ފެސްޓިވަލް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - 'އެމްއެންޔޫ ފަހި ފުރުސަތު' ބާއްވަނީ މިއަދާއި މާދަމާ މާލޭ ކެމްޕަސްގެ އިތުރުން އަތޮޅުތަކުގައި ހުރި އެ ޔުނިވަސިޓީގެ ކެމްޕަސްތަކުގަ އެވެ.
ތަފްސީލް - ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6އަށް އަދި ރޭގަނޑު 8 އިން 10އަށް ބާއްވާ މި ފެސްޓިވަލްގައި:
70އަށް ވުރެ ގިނަ މުއައްސަސާތަކުން ބައިވެރިވޭ
އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި އެމްއެންޔޫގެ ސްޓޯލްތައް ވެސް ހިމެނޭ
500އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވާލާފައިވޭ
ފާހަގަކޮށްލެވޭ - އެމްއެންޔޫން ވަނީ މިދިޔަ އަހަރު ވެސް ޖޮބް ފެސްޓިވަލްތައް ބާއްވާފަ އެވެ.
މިއީ، އެ ޔުނިވަސިޓީން ބުނާ ގޮތުގައި، ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ޔުނިވަސިޓީން ދަސްވެނިވާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލައިދޭ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ