ސަރުކާރުން މަސައްކަތްކުރައްވާނީ އުފެއްދުންތެރިކަމުގެ މައުރަޒު ބައިނަލްއަޤްވާމީ ފެންވަރުގެ މައުރަޒަކަށް ހެއްދުމަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.
6 އަހަރުގެ މެދުކެނޑުމަކަށްފަހު މާދަމާ ފެށުމަށް ހަމަޖެހިފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރ ސިޔާޒް ވިދާޅުވީ މި މައުރަޒުގައި ހިމެނެނީ ވާދަކުރުމުގެ ބަޔަކާއި އުފެއްދުންތައް ދައްކާލުމުގެ ބައިކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ވާދަކުރުމުގެ ބައިން 3000 އަށްވުރެ ގިނަ އުފެއްދުން މި މައުރަޒުން ފެނިގެންދާނެއެވެ. އަދި ދައްކާލުމުގެ ބައިންވެސް ގިނަ އަދަދެއްގެ ތަކެތި ބައިވެރިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސުލްޖުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން އަހަރުން އަހަރަށް ފުޅާކުރެވިގެންދާ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ބައިވެރިވާ މައުރަޒެއްގެ ގޮތުގައި މި މައުރަޒު ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި،" ސްޓޭޓް މިނިސްޓަރ ސިޔާޒް ވިދާޅުވިއެވެ.
މި މައުރަޒަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ބާއްވަވާ މައުރަޒެއްކަން ފާހަގަކޮށްލެވެއެވެ. މި މައުރަޒުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ލިބި، އެ އުފެއްދުންތަކަށް ބޮޑު މާކެޓެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ސަރުކާރުން މަސައްކަތްކުރަނީ އުފެއްދުންތެރިކަމުގެ މައުރަޒު ބައިނަލްއަޤްވާމީ ފެންވަރުގެ މައުރަޒަކަށް ހެއްދުމަށް: ސްޓޭޓް މިނިސްޓަރ ސިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ