މިލަދޫގައި ވޯޓު ކަރުދާސް ހިފައިގެން ދާން އުޅުނު މައްސަލައެއް ބަލަނީ
ނ. މިލަދޫގައި މިއަދު ބޭއްވި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލާން ދިޔަ މީހަކު ވޯޓު ކަރުދާސް ހިފައިގެން މަރުކަޒުން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާން ދިޔަ މީހަކަށް ދޫކުރި ވޯޓު ކަރުދާސް ހިފައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ. އެ މައްސަލަ ބަލަމުން އަންނަކަމަށާއި އެ މައްސަލައާ ގުޅިގެން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އަޅާނެ ކަމަށް ވެސް ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ ބަލާފައި ދެން އެއީ ގާނޫނީ ގޮތުން ކުށެއްވީމަ އޭގެ ބައެއް އިޖުރާއަތުތައް އެބަހުރި ފުރިހަމަކުރަންޖެހޭ، ތަހުގީގުކޮށް ބަލަންޖެހޭ އޭގެފަހުގެ އެއަށް ފިޔަވަޅު އަޅާނީ.އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ މިއަދު ކުރިއަށްދާ ބައި-އިލެކްޝަންތަކުގައި ދެ ރަށެއްގެ ކައުންސިލަރުންނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން ހޮވާނެއެވެ. އޭގެތެރޭގައި ހިމެނެނީ: ހދ. މަކުނުދޫ ކައުންސިލް މެންބަރު ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އޭގެ ތެރެއިން ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދެ މެންބަރުން ހޮވާއިރު، ބާކީ ބައި-އިލެކްޝަންތަކުގައި ހޮވަނީ އެންމެ މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ