ބައި އިލެކްޝަންތަކުން ސަރުކާރު ކުރި ހޯދައިފި

މިއަދު ބޭއްވި ބައެއް ރަށްރަށުގެ ރަށު ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނުން ސަރުކާރު ހިންގާ، ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ވަނީ ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި ނުވަ ރަށެއްގެ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މީހުން ހޮވާފަ އެވެ.
ތަފްސީލް - ކައުންސިލްތަކުގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރީ:
ހދ. މަކުނުދޫ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލި، އިބްރާހިމް މުހައްމަދު
ނ. ލަންދޫ ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑިއަށް ޕީއެންސީން ކުރިމަތިލި އާތިފާ މޫސާ
މި އިންތިހާބުގައި ޕީއެންސީން ވަނީ ހަތް ރަށެއްގެ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އިންތިހާބު ކާމިޔާބުކުރި ގޮތުގެ ތަފްސީލު:
ހދ. ހިރިމަރަދޫ - ޕީއެންސީ ކެންޑިޑޭޓު، ފަހީމާ އަބްދުﷲ
ނ. ލަންދޫ - ޕީއެންސީ ކެންޑިޑޭޓު، އާތިފާ މޫސާ
ނ. މިލަދޫ - އެމްޑީޕީ ކެންޑިޑޭޓު، އައިމިނަތު އަޒުމާ
ރ. އިންނަމާދޫ - ޕީއެންސީ ކެންޑިޑޭޓު، އައިޝަތު އީސާ
ބ. ގޮއިދޫ - ޕީއެންސީ ކެންޑިޑޭޓު، ނަޖުވާ ފާރޫގް
އދ. ހަންޏާމީދޫ - އެމްޑީޕީގެ ކެންޑިޑޭޓު، ހަދީޖާ އިބްރާހިމް
ދ. ހުޅުދެލި - އަމިއްލަ ގޮތުން، ފާތުމަތު ރިސާލާ
ލ. ގަން - ޕީއެންސީ ކެންޑިޑޭޓު، އައިމިނަތު އަފްރާހް
ތ. ބުރުނީ - ޕީއެންސީ ކެންޑިޑޭޓު، ރުގިއްޔާ ރަޒީނާ
ގއ. ކަނޑުހުޅުދޫ - ޕީއެންސީ ކެންޑިޑޭޓު، އައިމިނަތު ޝިފާނާ
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މިއަދު ބޭއްވި އިންތިހާބުތަކުގައި 6،275 މީހުން ވޯޓުލި އެވެ. އެއީ ޝަރުތު ހަމަވާ މީހުންގެ %55.4 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ