ހަންކެޑެ ބްރިޖުގައި ސްޕޯޓްސް ބައިކެއް ކޮންޓްރޯލުން ނެއްޓި ޒުވާނަކު މަރުވެއްޖެ

އައްޑޫގައި މިފަހުން ހުޅުވި ހަންކެޑެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ ޒުވާނާ މަރުވީ ވަކި ދިމާލަކަށް އުޅަނދު އަނބުރާލަން އޮންނަ ދިމާލުން އޭނާ ދުއްވި ސްޕޯޓްސް ބައިކު ކޮންޓްރޯލް ނުވެ، ބްރިިޖުގެ އަރިމަތީގައި ހުންނަ ބައިގައި ޖެހިގެންނެވެ.
ތަފްސީލް - މި އެކްސިޑެންޓުގައި މަރުވީ:
ލީވާން އަބްދުއްސައްތާރު، ގ. ނައިޓް ޑްރީމް/މާލެ
އެއީ އައްޑޫގައި މިފަހުން ބޭއްވި ރޭސް މުބާރާތުގައި ބައިވެރިވާން ގޮސް އުޅުނު މީހެއް
އެކްސިޑެންޓު ހިނގައި ޒުވާނަކު މަރުވިކަން އައްޑޫ ސިޓީ ކައުންސިލާއި ބައެއް އާންމުންގެ ފަރާތުން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ. އޭގެ ފަހުން ފުލުހުން ވެސް އެކަން ޔަގީންކޮށްދިނެވެ.
'ދައުރު'އާ ވާހަކަދެއްކި ބައެއް މީހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ