ލާމަރުކަޒީ ނިޒާމަށް ހަޤީޤީ ބާރުވެރިކަން ދިނުމަށް ފެއްޓެވި މަސައްކަތްޕުޅު ކުރިއަށް ގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލާމަރުކަޒީ ދުވަހާއި ގުޅިގެން އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ލާމަރުކަޒީ ނިޒާމަށް ހަޤީޤީ ބާރުވެރިކަން ހޯދައިދިނުމުގެ ގޮތުން، ރައްޔިތުންނާއި ގާތުން، ރައްޔިތުންނާއި ގުޅިގެން މިހާތަނަށް ސަރުކާރުން މަސައްކަތްކުރެވިފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ރަށްރަށަށް ދަތުރުފުޅު ކުރައްވައި، ކައުންސިލްތަކުގެ އަޑުއައްސަވާ، ރައްޔިތުންނާއި ގާތުން ބައްދަލުވެ، ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ދަތުރުފުޅުތަކަކީ އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެފަހަރު ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅުތަކެކެވެ.
ލާމަރުކަޒީ ދުވަހަކީ، ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހަކީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށުން ފާހަގަކުރާ ދުވަހެވެ.
ލާމަރުކަޒީ ނިޒާމަށް ހަޤީޤީ ބާރުވެރިކަން ދިނުމަށް ފެއްޓެވި މަސައްކަތްޕުޅު ކުރިއަށް ގެންދާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ