ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތަށް ވަޑައިގަތުމުން ރެހެންދި ފުޓްސަލް ދަނޑުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިޟްވާން މޫސާއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ގެ ފައިނަލް މެޗް ކުޅޭ ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވައި ހިތްވަރު ދެއްވާފައެވެ. "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ގެ ފައިނަލް މެޗުގައި ހދ. ނާވައިދޫ އަދި ކ. ކާށިދޫ ފުޓްސަލް ޓީމު ބައްދަލުކުރި މެޗު، 4 - 1 ން ކާމިޔާބުކުރީ ކާށިދޫ ޓީމުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި، "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ގެ ނިމުން ފާހަގަކޮށް، މި މުބާރާތުގެ އެކިއެކި ވަނަތަކަށް އިނާމު ދެއްވާފައިވެއެވެ. މީގެ ތެރޭގައި އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށާއި ރެފްރީންނަށް އިނާމު ދީފައިވެއެވެ. އަދި މި މުބާރާތުގެ ރަނަރަޕް ޓީމަށް ރިހި މެޑެއްޔާއި ފައިސާގެ އިނާމު އަދި ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ގެ "ކިންގް އޮފް ދަ ޓޯނަމަންޓް" އަށް ތާޖު ޙަވާލުކޮށްދެއްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވާފައެވެ.
"ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައިސް ޝަރަފުވެރިކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ