ހުޅުމާލޭ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހާއި ދަމު ނަމާދު ކުރައްވާނީ ޝަހީމްގެ ދެބަފައިން

މި ރޯދަމަހު އެކި މިސްކިތްތަކުގައި ގިނަ ޒުވާނުން އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ރޯދަ މަހު ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރައްވާނީ އިސްލާމިކް މިނިސްޓަރު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ދަރިކަލުން އިލްޔަސައު މުހައްމަދު ޝަހީމް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އުމުރުން 13 އަހަރުގެ އިލްޔަސައު އަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ، ގުރްއާނުގެ އިލްމާ ގުޅުންހުރި އެކި ކަންކަމުގައި ބައިވެރިވާ ކުއްޖެކެވެ. އެކި ޖަލްސާތަކުގައި ވެސް އޭނާ ގުރުއާން ކިޔަވަ އެވެ. މިނިސްޓަރު ޝަހީމަކީ ވެސް ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ބޭފުޅެކެވެ.މި ރޯދަމަހު އެކި މިސްކިތްތަކުގައި ގިނަ ޒުވާނުން އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.އެގޮތުން މާލޭގެ އެންމެ ބޮޑު މިސްކިތްކަމުގައިވާ އިސްލާމީ މަރުކަޒުގައި ތަރާވީހު ނަމާދު ކުރައްވާނީ ހަތަރުން ޒުވާނުން ކަމަށްވާ، އައްޝައިހު އަލްހާފިޒު ސަލްމާން މުހައްމަދު ލަތީފާއި، އަލްހާފިޒް އުވައިސް ބިން އިނާޒް، އަލްހާފިޒް ހިޒްރު ބިން އިމާދުގެ އިތުރުން އައްޝައިހު އަލްހާފިޒް ސުލްތާން މުހައްމަދު ލަތީފެވެ.އަދި، ސަލްމާނު މިސްކިތުގައި ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އަލްހާފިޒް އާދަމް މިޝްއަލް ޝާމިން، އަލްހާފިޒް މުހައްމަދު މިޝްއަލް އާޒިމްގެ އިތުރުން އަލްހާފިޒް އަބްދުﷲ އަހްސަން ސައީދެވެ. މިއީވެސް ޒުވާނުންނެވެ.އިލާމިކް މިނިސްޓްރީން ބުނެފައި ވަނީ މާލޭގެ 16 މިސްކިތެއްގައި ހިފުޡްކޮށް ތަރާވީޙހުނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭގެ ހަތް މިސްކިތަކާއި ވިލިމާލޭގެ އެއް މިސްކިތުގައި ހިފުޡުކޮށް ތަރާވީހު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ