ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލަ ބަލާ ކްރިމިނަލް ކޯޓުގެ ބެންޗުގެ ރިޔާސަތަށް ގާޒީ ދީބަނާޒު ފަހުމީ ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރުގެ މެއި 6 ގައި ސައިކަލެއްގައި
ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން
އުޅުނު މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެކުލަވާލި ތިން ގާޒީންގެ
ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދު ވަނީ މި މަހުގެ 12 ވަނަ ދުވަހު ތަނާޒުލްވެވަޑައިގެންފަ އެވެ. އެއީ މައްސަލައިގައި ހިމެނޭ، މއ. ކުދެހިގެ، އިސްހާގުއާ އޭނާއާ މަސްލަހަތު ފުށޫ އަރާ ހާލަތެއް އޮތުމުންނެވެ.
ބުނީ ކީކޭ؟ - ކްރިމިނަލް ކޯޓުގެ މީޑީއާ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ މައްސަލަ ބަލާ ބެންޗުން ގާޒީ އާދަމް މުހައްމަދު ތަނާޒުލްވެވަޑައިގަތުމާ ގުޅިގެން އޭނާ ހުންނެވި މަގާމަށް ހަމަޖައްސާފައި ވަނީ ގާޒީ ދީބަނާޒު ފަހުމީ ކަމަށެވެ. އެ މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު ވެސް ބަލަހައްޓަވާނީ އޭނާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ގާޒީ ދީބާނާޒްއާ އެކު ބެންޗުގައި ދެން ތިއްބަވަނީ ގާޒީ މުހައްމަދު މިސްބާހު އާއި ގާޒީ ސޮއްފަތު ހަބީބް އެވެ.
ގާޒީ ދީބަނާޒު އަކީ ކްރިމިނަލް ކޯޓުގެ ފުރަތަމަ އަދި ހަމައެކަނި އަންހެން ފަނޑިޔާރެވެ. ގާނޫނީ ދާއިރާގައި ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ ތަޖުރިބާ ހުރި ދީބަނާޒު ކްރިމިނަލް ކޯޓަށް އައްޔަން ކުރީ 2 ސެޕްޓޭމްބަރު 2020 ގަ އެވެ.
ގާޒީ އާދަމް ތަނާޒުލްވެވަޑައިގެންނެވި ސަބަބު:
ހަމަލާގެ ތުހުމަތު ކުރެވޭ މއ. ކުދެހިގެ، އިސްހާގުގެ ދަރިއެއް ގާޒީ
އާދަމްއަށް މީގެ ކުރިން އިންޒާރު ދީފައިވާތީ އެކަމުގެ ސަބަބުން މަސްލަހަތު
ފުށޫއަރާ ކަމަށް ބުނެ އިސްހާގު ޝަކުވާގެ ސިޓީއެއް ފޮނުވާފައިވޭ
އިސްހާގުގެ ދަރިފުޅު ގާޒީ އާދަމްއަށް އިންޒާރު ދިނީ، ގާޒީ އާދަމް ބެއްލެވި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތާ ގުޅިގެން
ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ ކުރި މއ. ކުދެހިގެ، ހަސަން ޝިފާޒުއަކީ އިސްހާގު އާއި އޭނާގެ ދަރިފުޅުގެ އާއިލާ މީހެއް
އެނގުން މުހިންމު - ބޮމުގެ ހަމަލާގެ މައްސަލައިގައި މީގެ ކުރިން
ބޭއްވި އަޑުއެހުންތަކުގައި އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ވަނީ
ނިންމާލައިފަ އެވެ. ދެން އޮތީ ޝަރީއަތުގެ މަރުހަލާ ފެށުމެވެ.
ގާޒީ އާދަމް ތަނާޒުލްވެވަޑައިގެންފައި ވަނީ ޝަރީއަތުގެ މަރުހަލާ ފަށަން އޮތް ދުވަހު އެވެ. އެ ދުވަހު އޭނާ ތަނާޒުލްވެވަޑައިގަތުމުން އެ ދުވަހު މައްސަލަ ކުރިއަށްގެންގޮސްފައި ނުވެ އެވެ.
ތަހުމީން އަހުމަދު (ފޮޅޭމާ/ގއ. ކޮނޑޭ): ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ
މުޖާޒު އަހުމަދު (މއ. ފޭރުގެ/ކ. މާލެ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
އަލީ ހައިޝަމް (ނޫރީގެ/ނ. މަނަދޫ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
އިސްހާގު (މއ. ކުދެހިގެ/ކ.މާލެ): ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
ފަހުމީ އަލީ (ހުދުރުވާގެ/ގއ. ވިލިނގިލި): ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
މުހައްމަދު ނާޒިމް (އަސަރީގެ/އއ. މާޅޮސް): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ
މުހައްމަދު ތަސްލީމް (ހއ. ހޯރަފުށި/އަލަނާސިގެ): ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ
އަބްދުﷲ އަލިމަނިކު (ހއ. މޮޅަދޫ/ބަހާރުގެ): ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ
ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން އުޅުނު އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ 23 އަހަރަށް ވަނީ ޖަލަށްލާފަ އެވެ.
ނަޝީދަށް ހަމަލާ ދިން މައްސަލަ ބަލާ ބެންޗުގެ ރިޔާސަތަށް ގާޒީ ދީބަނާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ