ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑުކޮށް އެރުވި މި ހަވާގެ ހަރަކާތް، ގިނީސް ވޯލްޑް ރެކޯޑަށް އެރީ، އެމްއޭސީއެލުން ބުނި ގޮތުގައި، 19 ތަނެއްގައި އެއް ފަހަރާ، 'ސިންކްރޮނައިޒްޑް'ވާ ގޮތަށް އަރުވައިގެންނެވެ.
ތަފްސީލް - އެމްއޭސީއެލުން ބުނީ:
ހަވާގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް އަރައި އެކަމުގެ ލިޔުން މިހާރު ލިބިފައިވޭ
އެކަމުގެ ލިޔުން އެމްއޭސީއެލަށް ދިނީ އާ ޓާމިނަލްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި
ރެކޯޑު ފޮތަށް އެރުވުމަށް 'ހެކިން'ގެ ގޮތުގައި ވެސް ގިނީސް ވޯލްޑް ރެކޯޑުން ބަޔަކު ބައިވެރިވި
ރޭ ވަނީ މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އަރުވާފަ އެވެ. އަދި އެއާޕޯޓު ސަރަހައްދުގައި ތިން ތަނެއްގައި ހަވާ އެރުވި އެވެ. އޭގެ ކުރިން ވަނީ، ޑްރޯން ޝޯއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
އެނގުން މުހިއްމު - މީގެ ކުރިން އެންމެ ގިނައިރު އަދި އެންމެ ބޮޑުކޮށް ހަވާ އަރުވާފައިވަނީ، ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. އެކަމަކު އެންމެ 'ކުލަގަދަ' ހަވަޔާ އެކު ރޭގެ ރަސްމިއްޔާތު ވަނީ ތާރީހުގެ ތެރެއަށް ވަދެފަ އެވެ.
އާ ޓާމިނަލް ހުޅުވަން އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ