ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލްގައި ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.
މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު އަސްރު ނަމާދުން ފެށިގެން ވީއައިއޭ އައު ޓާމިނަލްގައި ބަންގީގެ އަޑު އިވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
"ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް އަމަލު ކުރަން މިއަދުގެ އަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި،" މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އުދުހުންތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލަަށް ބަހުސް ކުރައްވަމުން މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ގާނޫނު އިސްލާހުކުރާއިރު ހުކުރު ވަގުތު އެއާޕޯޓުތަކަށް ބޯޓު ނުޖެއްސޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.
އެއާޕޯޓުގެ އާ ޓަމިނަލުން ފުރަތަމަ އެރައިވަލް ހިދުމަތް ހޯދާ ފަސިންޖަރުން ގޮވައިގެން އައި ބޯޓު ވީއައިއޭއަށް ޖެއްސީ މިއަދު އެވެ. އާ ޓާމިނަލުގެ އެރައިވަލް ހިދުމަތް އެންމެ ފުރަތަމަ ހޯދީ ކޮޗިންއިން މާލެއަށް ދަތުރުކުރި Q2-2707 ބޯޓުގެ ފަސިންޖަރުންނެވެ. އެ ފަސިންޖަރުން އެއާޕޯޓަށް ފައިބާފައި ވަނީ މުޅީން އަލަށް ރާއްޖޭގައި ގާއިމު ކުރި އޭރޯބްރިޖުތަކުގެ ތެރެއިން ތިންވަނަ ބްރިޖުންނެވެ.
އަގު ބޮޑު، ކުލަ ގަދަ، ރަސްމިއްޔާތަކަށް ފަހު ރޭ ހުޅުވި ވީއައިއޭގެ އާ ޓާމިނަލު މި ވަގުތު ބޭނުންކުރަނީ މޯލްޑިވިއަންއިން އެކަންޏެވެ. އެމްއޭސީއެލްއިން ބުނެފައި ވަނީ ހުރިހާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް އާ ޓާމިނަލަށް ބަދަލުކުރެވޭނީ ސެޕްޓެމްބަރު މަހު ކަމަށެވެ.
މޯލްޑިވިއަންގެ ބައިނަލްއަގުވާމީި ދަތުރުތައް އާ ޓާމިނަލަށް ބަދަލުކުރުމާއެކީ، އެ އެއާލައިނުގައި ރާއްޖޭން ބޭރަށް ދަތުުރުކުރާ ފަސިންޖަރުން ފުރަން ދާން ޖެހޭނީ އާ ޓާމިނަލަށެވެ. މޯލްޑިވިއަންއިން ދަތުރުކުރާ ބޭރުގެ މަންޒިލުތަކުގެ ތެރޭގައި ކޮޗިންގެ އިތުރުން އިންޑިއާގެ ބެންގަލޫރޫ އާއި ޗައިނާގެ މަންޒިލުތައް ހިމެނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއަކިީ އެކު ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.2 މިލިއަން ފަތުރުވެރިންނަށް އެ ތަނުން ހިދުމަތް ދެވޭނެ އެވެ.
ވީއައިއޭ އައު ޓާމިނަލްގައި ބަންގީގެ އަޑު އިވޭގޮތަށް ހަމަޖައްސައިފި ވީއައިއޭ އައު ޓާމިނަލްގައި ބަންގީގެ އަޑު އިވޭގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ