މިއުނިކް (ޖުލައި 27) - ބަޔާން މިއުނިކަށް 88 މިލިއަން ޑޮލަރުގެ ޑީލެއްގައި ކޮލަމްބިއާގެ ފޯވާޑް، ލުއިސް ޑިއާޒް، ވިއްކާލަން، އިނގިރޭސި ޗެމްޕިއަން، ލިވަޕޫލުން ނިންމައިފި އެވެ.
ޕޯޓޯ ދޫކޮށް މީގެ ތިން އަހަރު ކުރިން ލިވަޕޫލަށް ބަދަލުވި، ޑިއާޒް، 28، އެ ކްލަބާ އެކު، ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ.
މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީ އާއި ސައުދީ އަރަބިއްޔާގެ ބައެއް ކްލަބްތަކުން ޑިއާޒަށް ހުށަހެޅުންތަކެއް ލިބުނެވެ. އަދި މި ފަހަރު ބާސެލޯނާ އާއި ބަޔާނުން ޑިއާޒަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ޑިއާޒް ހޯދަން ބަޔާނުން، ފުރަތަމަ ކުރި ދެ ބިޑް ވެސް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު، އެންމެ ފަހުން ބަޔާނުން ކުރި 88 މިލިއަން ޑޮލަރުގެ ޑީލަށް ލިވަޕޫލުން ރުހުން ދިނީ، ޑިއާޒް ވެސް އެ ގޮތަށް ބޭނުންވާތީ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ޑިއާޒް، ބަޔާނާ އެކު މެޑިކަލް ޓެސްޓް ހަދައި، މަދުވެގެން ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލިވަޕޫލަށް މިހާތަނަށް ކުޅެދިން 148 މެޗުން 41 ލަނޑު ޖަހައި، 23 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ޑިއާޒް އެ ކްލަބާ އެކު ހުރީ، އަހަރަކު، ތިން މިލިއަން ޑޮލަރުގެ މުސާރައެއްގަ އެވެ. މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ލިވަޕޫލަށް 17 ގޯލު ޖަހައިދިން، ޑިއާޒަށް އެއީ ކްލަބް ލެވަލްގައި އެންމެ ކާމިޔާބު ސީޒަނެވެ.
ރިޕޯޓްތައް ބުނާގޮތުން، ލިވަޕޫލުން ޑިއާޒް އާއި ޑާވިން ނޫނޭޒް ވިއްކާލަން ތައްޔާރުވަނީ، ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް، އަލެކްސަންޑަ އިސާކް ގަތުމަށެވެ.
ބަޔާނަަށް 88 މިލިއަން ޑޮލަރަށް ޑިއާޒް ވިއްކާލަން ލިވަޕޫލުން ނިންމައިފި ބަޔާނަަށް 88 މިލިއަން ޑޮލަރަށް ޑިއާޒް ވިއްކާލަން ލިވަޕޫލުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ