ދުނިިޔޭގެ ފެތުމުގެ މުބާރާތުގައި މިރާލްގެ އައު ގައުމީ ރިކޯޑެއް
އަންހެނުންގެ ލޯންގްކޯސް 200 މީޓާ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މިރާލް ޢައިން ލަތީފް އައު ކޮށްފިއެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި މިރާލް މިރެކޯޑް އާކޮށްފައިވަނީ 02:44.3 އިން ރޭސް ނިންމައިގެންނެވެ. އަންހެނުންގެ 200 މީޓަރު ފެތުމުގެ ގައުމީ ރިކޯޑު މިރާލް ވަނީ ދާދިފަހުން މުގުރާލާފައެވެ. މީގެކުރިން ތަޒްކިޔާ މިރުޝާދު (ތަޒްކީ) އަތުގައި އޮތް މި ރިކޯޑު މިރާލް އައުކޮށްފައިވަނީ 02:45.93 އިން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު ހަދާފައިވަނީ އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ