ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ބާނާ މަސް ކިލޯއެއް ގަންނާނީ 26ރ. އަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫ ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކަޅު ބިލަ މަހެއް ނުވިއްކާނެ 25ރ.އަށް ވުރެ ދަށް އަގަކަށް ނުވިއްކާނެ ކަމަށެވެ. އަދި ޖޭޕީގެ ވެރިކަމެއްގައި އެ ގަންނާނީ އެއަށް ވުރެ ބޮޑު އަގެއްގައި ކަމަށް ގާސިމް ވިދާޅުވިއެވެ.
"މާތްﷲގެ ވާގިފުޅާ އެކު އަޅުގަނޑު މިފަހަރު މި ސަރުކާރަށް އަތުވެއްޖިއްޔާ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބާނާ މަސްތައް ވިއްކަން އައިސްގެން ކަޅު ބިލަ މަހެއް ނުވިއްކާނެ 25ރ.އަށް ވުރެ ދަށް އަގަކަށް. އިންފެކްޓު، އަޅުގަނޑުމެން ގަންނާނީ 26ރ.އަށް ކިލޯއެއް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް މިކަމުގެ މާ ބޮޑު ތަފްސީލެއް ނުދައްވައި ހަމައެކަނި ވިދާޅުވީ އެކަން ކުރެވެން އޮތީ ވެރިކަމަށް ވަޑައިގަންނަވައިގެން ކަމަށެވެ.
ގާސިމް ވިދާޅުވީ، މިހާތަނަށް އައި ކޮންމެ ސަރުކާރެއްގައި ޖޭޕީ އޮތް ނަމަވެސް، މަހުގެ ހަމަ އަގު ކަނޑައެޅުން ފަދަ ކަންކަން ސަރުކާރުން ކުރަނީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ.
"މިހާރަކު އަޅުގަނޑަކަށް އެ ކަމެއް ނުކުރެވޭނެ. އެއީ ކީއްވެ؟ އަޅުގަނޑަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއް ނޫން. އަޅުގަނޑު ދައްކާ ވާހަކައެއް ގަބޫލެއް ނުކުރޭ،" ގާސިމް ވިދާޅުވިއެވެ.
މަސް ކިލޯއެއްގެ އަގު 26ރ. އަށް ހަދަން ގާސިމް ވައުދުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ