ދިރާގު ގޭމަރސް ގިލްޑާއި މިނީސޯ ގުޅިގެން އަގުހުރި އިނާމުތަކާއެކު ”ގެސް ދަ ސްކޯ“ ޕްރޮމޯޝަން ފަށައިފި!

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މިނީސޯ ގުޅިގެން ރާއްޖޭގެ ފުޓްބޯޅައަށް ސަޕޯޓްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މި ފުޓުބޯޅަ މޫސުމުގައި ކުޅޭ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ ”ގެސް ދަ ސްކޯ“ ޕްރޮމޯޝަން ފަށައިފިއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުން މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ޕޮއިންޓް ހޯދައިގެން ލީޑަރބޯޑުގެ ކުރިއަށް އެރުމަށް ވާދަކުރެވޭނެއެވެ. އަދި، ލީޑަރބޯޑުގެ އެންމެ މަތީ ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ.
މީގެ ތެރޭގައި، މުޅި ދުނިޔެއިން ވެސް ލިބެން ހުރި އެންމެ 2,026 ކަލެކްޓިބަލްގެ ތެރޭގައި ހިމެނޭ ”ލިމިޓެޑް އެޑިޝަން 2026 ފުޓްބޯލް ކަލެކްޓިބަލް“ އެއް ހިމެނެއެވެ. މިއީ މިނީސޯ އިން ހުށަހަޅައިފައިވާ ހާއްސަ އިނާމެކެވެ. މީގެ އިތުރުން ”ޓީ.ޓީ ރޭސިންގް“ ގޭމިންގް ޗެއަރ އާއި އެހެނިހެން އަގުހުރި އިނާމުތައް ވެސް މި ޕްރޮމޯޝަނުގައި ހިމެނެއެވެ.
ބޮޑެތި އިނާމުތަކުގެ އިތުރުން، ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މިނީސޯގެ 1,000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން dgg.mv ގައި ރަޖިސްޓްރީކޮށް، ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމަށްފަހު، މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ލީޑަރބޯޑުގެ ކުރި ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގު ގޭމާސް ގިލްޑުން ދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާ ތަޖުރިބާތައް ފޯރުކޮށްދީ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ތެރެއިން މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް މިފަދަ އެކި ހަރަކާތްތައް ހިންގައި، ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ