ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އިރުމަތީ ޤުދުސްގައި މުޒާހަރާކޮށްފި


އިސްރާއީލުގެ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުމެއްގައި ފަލަސްޠީނުގެ ޒުވާނަކަށް ބޮޑެތި ޒަޚަމްތަކެއް ލިބި، ޝަހީދުވެފައިވާކަމުގެ ޚަބަރުތައް ފެތުރުމާއެކު ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އިރުމަތީ ޤުދުސްގައި މުޒާހަރާ ކޮށްފިއެވެ.
 
މި މުޒާހަރާގެ ބައިވެރިންނާ އިސްރާއީލު ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި ކަމަށް ޚަބަރު ލިބެއެވެ. ފަލަސްޠީނުގެ ރައްޔިތުން ޕެޓްރޯލް ބޮމާ ބަޑިބޭސް ބޭނުންކޮށްފައިވާއިރު، އިސްރާއީލުގެ ފުލުހުން ވަނީ ރަބަރު ވަޒަނުގެ ބާރުގެ ބޭނުން ކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ކުރިމަތިލުންތަކުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓް ކޮށްފައި ނުވާކަމަށްވެސް ބައިނަލްއަޤްވާމީ ޚަބަރުތައް ބުނެއެވެ.
 
 
އިސްރާއީލު ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުމެއްގައި ޝަހީދުވެފައިވަނީ ޢުމުރުން ސޯޅަ އަހަރުގެ ސިނޯކްރޯތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ