އަބްދުއްސައްތާރަކީ މަތީ މަގާމަކަށް މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން: މައުމޫން

ގިނަ ދުވަސްތަކެއް ވަންދެން އަބްދުއްސައްތާރު މޫސާ ދީދީ ގައުމަށް ހިދުމަތް ކުރެއްވީ އެ އިރެއްގައި ހަވާލު ކުރެއްވި ކޮންމެ މަސައްކަތެއް ވެސް ވަަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ނޮވެމްބަރު 27، 2015 ގައި އަވަހާރަވި އަބްދުއްސައްތާރުގެ ހަނދާނުގައި ސަރުކާރުން ބޭއްވި ތައުބީނުގެ ޖަލްސާގައި މައުމޫން ވިދާޅުވީ އަބްދުއްސައްތާރަކީ އެއް އިރެއްގައި ވެސް މަތީ މަގާމަކަށް ވަޑައިގަންނަވަން ބޭނުންފުޅުވި ބޭފުޅެއް ނޫން ކަމަށެވެ. އެކަމަކު އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ހަވާލު ކުރެއްވި ކޮންމެ ކަމެއް، އޭގެ އަގަަކަށް ދަރަޖައަކަށް ބެެއްލެވުމެއް ނެތި އިހުލާސްތެރިކަމާ އެކު ކުރެއްވުމަށް ކަމަށް މައުމޫން ވިދާޅުވި އެވެ. މިނިވަންކަމަށް ރާއްޖެ ކުރި މަސައްކަތާ ބެހޭ ގޮތުން 2014 ގައި އަބްދުއްސައްތާރު "ހަވީރަ"ށް އިންޓަވިއު މައުމޫންގެ ވެރިކަމުގައި އަބްދުއްސަައްތާރު ވަނީ ފިޝަރީޒް މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމު ފުރުއްވުމުގެ އިތުރަށް، ބޮޑު ވަޒީރުކަން ވެސް އަބްދުއްސައްތާރަށް ދެއްވަން އޭރުގެ ރައްޔިތުންގެ މަޖިލީހުން 1972 ވަނަ އަހަރު ފާސްކުރި އެވެ. އެކަމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ ބޮޑުވަޒީރުގެ މަގާމަށް އަބްދުއްސައްތާރަށް ގެންނަވަން އުޅުމުން އެކަމާ ދެކޮޅު ހެއްދެވި ކަމަށެވެ. "އަބްދުއްސަައްތާރުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި ލާމަސީލު މިސާލެއް. އެ މަނިކުފާނުގެ ހަޔާތްޕުުޅުން ލިބޭ އެއް ފިލާވަޅަކީ ހިދުމަތް ކުރަން ޖެހޭނީ ގައުމަށްކަން. ހިދުމަތް ކުރަން ޖެހޭނީ އެއަށް ލިބޭ އަގެއް ބެލުމެއް ނެތި ހުންނަ މަގާމަކަށް ބެލުމެއް ނެތިކަން،" މައުމޫން ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހިން އަބަދުވެސް ހަނދާން ކުރާނެ އެއް ކަމަކީ ކުރީގެ ރައީސް ނާސިރުގެ އިރުޝާދާ އެކު، އިނގިރޭސީންގެ އަތްދަށުން ރާއްޖެ އަށް މިނިވަން ހޯދުމަށް އަބްދުއްސައްތާރު ކުރެއްވި ވަރުގަދަ ޑިޕްލޮމެޓިކް މަސައްކަތް ކަމަށެވެ. އަބްދުއްސައްތާރާ ބެހޭ ގޮތުން މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އަދި ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަބްދުއްރަޝީދު ހުސައިން ވިދާޅުވީ ރާއްޖެ އަށް އެންމެ ފުރަތަމަ އޮއިވާލި ކަނދުފަތި ވެސް ތައާރަފު ކުރެއްވީ އަބްދުއްސައްތާރުގެ ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ އޮއިވާލި ކަނދުފަތި ހަރުކުރީ އޮކްޓޯބަރު 27، 1980 ވަނަ އަހަރު އެވެ. އަބްދުއްސައްތާރުގެ ހަނދާނުގައި ސަރުކާރުން ތައްޔާރުކުރި ފޮތް، ރައީސް ޔާމީން މިރޭ ނެރެދެއްވަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ވަޒީރުލް އައުޒަމް ކަމަށް ނުވަތަ ބޮޑު ވަޒީރުގެ މަގާމަށް އަބްދުދުއްސައްތާރު މޫސާދީދީ ހޮވި. އެހެން ނަމަވެސް އެ މަނިކުފާން އެކަން ގަބޫލެއް ނުކުރެއްވި.--މައުމޫން އަބްދުއްރަޝީދު ހުސެއިން ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިންގެ ދުވަހެއް ފާހަގަ ކުރީ ވެސް އަބްދުއްސައްތާރުގެ މިނިސްޓަރުކަމުގެ ދުވަސްވަރުގަ އެވެ. އެއީ ޑިސެމްބަރު 10، 1981 ގަ އެވެ. އަބްދުއްރަޝީދު ވެސް ވިދާޅުވީ އަބްދުއްސައްތާރު މޫސާދީދީ އަކީ ގައުމަށް ވަރަށް ހިދުމަތްތެރި އަދި މަސައްކަތުގެ ރޮނގުން ނަމޫނާ ދެއްކެވި ބޭފުޅެއް ކަމަށެވެ. އަބްދުއްސައްތާރު މޫސާދީދީގެ އާއިލާގެ ފަރާތުން މިރޭ ވާހަކަ ދެއްކެވި އެންވަޔަރަމަންޓް މިނިސްޓަރު އަދި އެ މަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ތޯރިގް އިބްރާހީމް ވިދާޅުވީ އަބްދުއްސައްތާރަކީ އާއިލީ ގުޅުން ހަރުދަނާކޮށް، ވަރުގަދަ ކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ. އަދި އެ މަނިކުފާނު ރައްޔިތުންގެ އިހުތިރާމާއި ލޯބި ހޯއްދެވީ، ރައްޔިތުންނަށް އިހުތިރާމާއި ލޯބި ދެއްވައިގެން ކަމަށް ވިދާޅުވި އެވެ. އަބްދުއްސައްތާރުގެ ތައުބީނުގެ ޖަލްސާގައި އެ މަނިކުފާނާ ގުޅޭ ދެ ފޮތެއް ވެސް މިރޭ ވަނީ ނެރެފަ އެވެ. އެ ފޮތްތައް ނެރެދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އޭގެ ތެރެއިން އެއް ފޮތަކީ ފޮރިން މިނިސްޓްރީން ތައްޔާރު ކުރި "ފަނޑުވުމެއް ނެތް ހަނދާންތައް" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ