އިންތިޚާބުގެ ނަތީޖާ އަދިވެސް ރައީސް ޔާމީނަށް ގަބޫލުފުޅެއް ނުކުރެއްވޭ: އަބްދުﷲ ޝާހިދު

ރިޔާސީ އިންތިޚާބުައި ރައްޔިތުންގެ ވޯޓުން ދައްކައިދީފައިވާ ސާފު ނަތީޖާ ރައީސް ޔާމީނަށް އަދިވެސް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ވެރިކަން ބަދަަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ފަރާތްޕުޅުން އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ގައުމާ މުޚާތަބުކުރައްވައި މިއަދު ވާހަކަފުޅުދެއްކެވި ފަހުން، ކުރީގެ މަޖިލީހުގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުން ވެވަޑައިގެންނެވި ބަލި ގަބޫލުފުޅުކުރައްވައި ދޫދެއްވި ކަމަށް ރައީސް ޔާމީން ދެވަނަ ފަހަރަށް ވިދާޅުވި ނަމަވެސް އެކަން އެމަނިކުފާނަށް ހަގީގަތުގައި ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.
"އިންތިޚާބުން ވަރަށް ސާފުކޮށް ބަލިވެވަޑައިގެންފިކަން ރައީސް ޔާމީނަށް އަދިވެސް ގަބޫލުފުޅެއްް ނުކުރެއްވޭ. ހެޔޮ ހިތުން ބަލި ގަބޫލުފުޅެއް ނުކުރެއްވޭ." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ރައްޔިތުން އެމީހުންގެ ބަސް އިއްވައިފި ކަމަށާއި ރައްޔިތުންގެ ނިންމުން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ