ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހުޅުމާލޭގައި ފަށައިފި

ހުޅުމާލޭގައި ހިނގަމުންދާ ކުށްތައް މަދުކޮށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
 އޮކްޓޯބަރ 08 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގައި، ހުޅުމާލޭގައި އާންމުކޮށް ކުށްތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ގޯތި ގެދޮރާއި މުދާ ރައްކާތެރިކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާއި، ބޭނުންކުރެވިދާނެ ވަސީލަތްތަކާއި އަދި ކުށްމަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި ކަމެއް ހިނގައިފިނަމަ ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ވެއެވެ.
ހުޅުމާލެއަކީ ކުށްމަދު އަމާން މާހައުލެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމަށްޓަކައި ހުޅުމާލެ ޕޮލިސްއިން، މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށްދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ