ޤާނޫނާއި ހިލާފަށް ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައެއް ނުވާނެ- ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާނެ ކަމަށާއި އެއީ ޤާނޫނާއި ޚިލާފަށް ކުރި ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ. މިއަދު އަލްޖަޒީރާއިން އާންމު ކުރި ރިޕޯޓެއްގައި ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެފައިވާތީ އެކަމާ ގުޅިގެން މުއާޒު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭނަށް ޚާއްސަ އެކައުންޓެއް ހުޅުވާފައިވާ ކަމަށެވެ.އަދި އެ އެކައުންޓަށް ގަވާއިދުން ފައިސާ ވަދެ، ނިކުމެ ހަދާކަމަށާއި އެއިން އެއްވެސް މުއާމަލާތެއްގައި ގާނޫނާ ޚިލާފު ކަމެއް ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.މިނިވަން ނޫހުގެ ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދު މިއަދުއަލްޖަޒީރާ ގައި ލިޔުއްވާފައިވާ ރިޕޯޓެއްގައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް، އެފްއައިޔޫ އިން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެފައެވެ. 
އަލްޖަޒީރާގެ ރިޕޯޓްގައި ފާހަގަ ކުރި ކަންކަން ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ދޮގު ކުރައްވާފައި.
އެސިޓީގައި އެފްއައިޔޫ އިން ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އަދި ސެޕްޓެމްބަރު މަހުގެ ދިހަ ވަނަ ދުވަހު ފައިސާ ޖަމާ ކޮށްފައިވާ ކަމަށެވެ. އެކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، އެމްއެމްއޭގެ އެފް އައިޔޫއިން ސިޓީއެއް ފުލުހުންނަށް ދިޔަ ޚަބަރު ރައީސްއަށް ލިބިވަޑައިގަތުމުން އެކަމާ ގުޅޭ މައުލޫމާތު ހޯއްދެވުމަށް އެމްއެމްއޭގެ ގަވަރުނަރަށް ރައީސް ގުޅުއްވި ކަމަށެވެ.  އަދި އެފްއައިޔޫއިން ސިޓީއެއް ފުލުހުންގެ އިދާރާއަށް ފޮނުވާފައިވަނީ، ގަވަރުނަރަށް އެނގިވަޑައިގެން ނޫންކަމަށާއި، އެސިޓީގައި ހުރި ވާހަކައިން ރައީސް ޔާމީން ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައިވާކަން އެނގެން ނެތުމުން ފުލުހުން އެ ސިޓީ އަނބުރާ ނަގާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިކަން ރައީސް އޮފީހުގެ ތަރުޖަމާނު ފާހަގަކުރެއްވިއެވެ. 
ރައީސް ޔާމީން
ރައީސް އޮފީހުގެ ތަރުޖަމާނު
ފަތޯނާ ފާއިޒް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ޤާނޫނާއި ހިލާފަށް ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައެއް ނުވާނެ- ތަރުޖަމާނު
3 މިނެޓް ކުރިން
ސާފް ސުޒުކީ ކަޕްގެ ތަށީގެ ޓުއާރ ދުވަސްތައް އިއުލާނު ކޮށްފި
1 ގަޑި ކުރިން
ސައްހަ ނޫން އިންތިޚާބަކުން ރައްޔިތުންގެ ސާފު ބަހެއް ނުލިބޭނެ- ޔާމީން ރަޝީދު
1 ގަޑި ކުރިން
ތުވާލޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ސަރުކާރަށް ފޮރިން މިނިސްޓަރ ތަހުނިޔާ ވިދާޅުވެއް...
1 ގަޑި ކުރިން
ސެޕްޓެމްބަރ 23ވެގެން ދިޔައީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ފަށާފައިވާ ދަތުރުގައި އާދަޔާ ޚިލ...
2 ގަޑި ކުރިން
ލީކުވެފައިވާ އޯޑިއޯ ކްލިޕާ ގުޅިގެން އީސީން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ: ރައީސް
14 ގަޑި ކުރިން
އިންތިޚާބުގެ ކަންކަން އޮޅުވާލާފައިވާކަމަށް އީސީގެ ރައީސް އިއުތިރާފްވެވަޑައިގަންނަވާ އޯޑިއޯއެއް ލީކްވެއްޖެ
18 ގަޑި ކުރިން
ގިނަ ރައްޔިތުން ތާއީދުކުރި ލީޑަރަކީ ރައީސް ޔާމީން
17 ގަޑި ކުރިން
ވޯޓުން ވައްކަން ކޮށްފައިވާކަން ހާމަވޭ- ހަލީމް
14 ގަޑި ކުރިން
އޯފިޝްއާއި ބިންހެލުމާއި އޮތީ ކޮން ގުޅުމެއް؟
20 ގަޑި ކުރިން
ލީކުވެފައިވާ އޯޑިއޯ ކްލިޕާ ގުޅިގެން އީސީން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ: ރައީސް
14 ގަޑި ކުރިން
އަލްހާން ހުންނަނީ އެއިރެއްގައި ވައިޖެހޭ ކޮޅަކަށްތަ؟
19 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ