މާފަންނު ހުޅަނގު ދާއިރާގެ ޓިކެޓް މެންބަރު ފަލާހް ކާމިޔާބުކުރައްވައިފި

އެމްޑީޕީގެ މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް ޕްރައިމަރީ، މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި އެގޮނޑި ފުރުއްވަމުން ގެންދަވާ މެންބަރުކަމުގައިވާ މުހައްމަދު ފަލާހް ކާމިޔާބު ކުރައްވައިފިއެވެ. 
މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި ފަލާހްވަނީީ 287 ވޯޓު ކާމިޔާބުކުރައްވާފައެވެ. 
ފަލާހު އާއި ދެކޮޅަށް މި ޕްރައިމަރީގައި ދެބޭފުޅަކު ވާދަކުރެއްވިއެވެ، އެއީ ޑރ.މުހައްމަދު ޝަރީފް އަދި ހުސައިން މުނަައްވަރެވެ. މިއިން ކޮންމެ ބޭފުޅަކަށް ލިބިވަޑައިގެންފައިވަނީ 214 އަދި 105 ވޯޓެވެ.
މެންބަރު ފަލާހު ފާހަގަކުރެވިފައިވަނީ އެމްޑީޕީގެ މުޒާހަރާތަކާއި އެއްވުންތަކުގައި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ