އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ރައީސް މައުމޫން ނިންމަވައިފި

އާ ސިޔާސީ ޕާޓީއެއް އުފައްދަން ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.
ސޯލްޓްގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމެއްގައި މިކަން އިއުލާނުކުރެއްވީ އެމްއާރްއެމްގެ ފަރާތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ.
ރައީސް މައުމޫން ވިދާޅުވީ އަލަށް އުފައްދާ ސިޔާސީ ޕާޓީ އުފައްދަން ނިންމަވައިފައި ވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ނަމުގައި ކަމަށެވެ. އެ ޕާޓީ އުފެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތާއި އެހެނިހެން މަސައްކަތްތައް ވެސް މިހާރު ފަށްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތަފްސީލު އަންނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ