އަދިވެސް މޫސުން ގޯސް، ދެކުނުގެ ހަތަރު އަތޮޅަށް ވައިޓް އެލާޓް

ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ރަށްތަކަށް ބޯކޮށްވާރޭވެހި އަދި އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ވައިގަދަވާނެ ކަމަށްލަފާކުރެވޭތީވެ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އަންގައި ދެކުނުގެ ހަތަރު އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދުވެސް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރުނީ ގއ އަތޮޅާއި ސ. އަތޮޅު ދެމެދުގައި ވާ ރަށް ތަކަށެވެ. އެ އިދާރާއިން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:15 އިން މެންދުރު 14:00 ގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނީ، މި މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވެއެވެ.
ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާއިރު، މީގެތެރެއިން ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި މެދުތެރޭ ބައެއް ރަށްތަކަށްކެރީގެއަސަރު ފޯރުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓްއިން ބުނެއެވެ.
މެޓް އިން ބުނީ، އިރުއުތުރާއި އިރުން، އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
އުތުރާއާއި މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ