ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރ ޙުސެއިން އަބްދުﷲ (45އ.) އަވަހާރަ ވެއްޖެއެވެ.
ޙުސެއިން އަބްދުﷲ އަވަހާރަވީ، ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަމުން ގެންދަވިނިކޮށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި، މިއަދު ފަތިހުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ ކަށުނަމާދު އޮތީ މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
އެނގިފައިވާ ގޮތުގައި، ކެންސްރުގެ އާލާސްކަންފުޅެއްގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާތާ ތިން އަހަރެއްހާ ދުވަސް ވެއްޖެއެވެ. އަވަހާރަވިއިރު ޙުސެއިން އަބްދުﷲ ގެންދެވީ ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމު ވެސް ފުރުއްވަމުންނެވެ.
ޙުސެއިން އަބްދުﷲ ގެ ގާތް ރަޙުމަތްތެރިއަކު މައުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެވެސް އެމަނިކުފާނު އޮފީހަށް ވަޑައިގަތެވެ. އަވަހާރަވީ ހާލުކޮޅު މާބޮޑަށް ދެރަވުމުން ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލަށް ވަޑައިގަތް ފަހުންނެވެ.
އަރަބިއްޔާ ސްކޫލްގެ ގްރޫޕް ލީޑަރެއްގެ ވެސް ގޮތުގައި ހުންނެވި ޙުސެއިން އަބްދުﷲ ، އާލާސްކަންފުޅާ އުޅުއްވަން ފެއްޓެވުމަށްފަހު ސްކައުޓްގެ ހަރަކާތެއްގައި އަމަލީ ގޮތުން ބައިވެރި ނުވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
ސްކައުޓްގެ ކުރީގެ ޗީފް ކޮމިޝަނަރ ޙުސެއިން އަބްދުﷲ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ