"ދިވެހި ރައްޔިތުން އަޅުގަނޑުމެންނަށް ދިން ލޯބި އަނބުރާ ދޭނީ ހީނުކުރާ ގޮތަކަށް" ކަމަށް އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅުފަރާތްތަކުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގަައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި އެންމެހާ ރައްޔިތުން އިދިކޮޅަށް ދިން ލޯބި އަނބުރާ ދޭނީ ހީވެސް ނުކުރާފަދަ ގޮތަކަށް ކަމަށާއި އެބޭފުޅުންގެ ސަރުކާރު މި އަންނަނީ ގެއްލިފައިވާ ރައްޔިތުންގެ ހައްގުތަށް ހަމަ ހަމަ ކަމާއި އެކު ހޯދައި ދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އިންސާފަކީ އޮންނަން ޖެހޭނެ އެއްޗެއް، އެއީ ކޮންމެ ރައްޔިތަކަށް ލިބެން ޖެހޭނެ އެއްޗެއް، އެހެންވީމަ އަޅުގަނޑުމެންގެ ސަރުކާރަކުން ދުވަހަކު ވެސް ނުފޫޒު ފޯރުވާ ވަކި މީހަކާމެދު ތަފާތުކުރުން އޮންނަ ފަދަ އަމަލެއް ނުކުރާނެ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހަމަހަމަކަން ގާއިމުވެގެން ދާނެ" ފައިސަލް ނަސީމް ވިދާޅުވި އެވެ.
ފައިސަލް ނަސީމް ވިދާޅުވީ، މިހާރު ރާއްޖެ މިއޮތް ހާލަތަށް ވެއްޓުނީ ވެސް އިންސާފު ނެތި ރައްޔިތުންނާމެދު ތަފާތުކުރުންތައް ގެންގުޅޭތީ ކަމަށެވެ.
ފައިސަލް ވިދާޅުވީ، ގައުމު ހަމަ މަގަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރަން ޖެހެނީ ވަކި ވަގުތެއްގައި ނޫން ކަމަށާއި ކަންކަން ހަމަ މަގަމަށް މިހާރުން މިހާރަށް އެޅުވުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ. އަދި ޖަލުގައި އަނިޔާ ލިބެމުންދާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ވެސް ގޮވާލައްވާ ކަމަށެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް އިތުރު އެއާލައިނަކަށް ދަތުރު ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
އާތިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަަށް އިޝާރަތް ކުރައްވާ ފައިސަލް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ފެނިގެންދާނީ ރައްޔިތުން ވޯޓުލާ ގޮތަށް ކަމަށެވެ.
ފައިސަލް ވިދާޅުވީ މިއަދު ޤައުމުގެ އެކި ކަންކޮޅުން ފެނިގެން މިދަނީ ހިތާމަޔާއި ހިތްދަތިކަމުގައި ތިބި އާއިލާތައް ކަމަށެވެ. އަދި މިޖަޒީރާރަށްތަަކަށް ބަލާލުމުން ފެނިގެން މިދަނީ އިންތިހާ ދަރަޖައިގެ ތަފާތު ކުރުން ކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ.
ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ފުރުސަތުތުތައް ހަނިވެފައި އޮތުން ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަން ނުދެވި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ކުރަމުން ގެންދާކަމުގައި ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރަށް ފައިސަލް ވިދާޅުވީ ރައްޔިތުން އަބަދުވެސް އިސްލާހީ މަސައްކަތް ކުރަނީ ހިތްދަތިކަމުން ހިތްވަރު ލިބިގެން ކަމަށާއި މި ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި، ހަމަހިމޭން ކަމަށާއި އެކު މިނިވަންކަމާއި އެކު މަސައްކަތްކުރަން މިސައްކަތްކޮށް ބާރަށް ކުރިއަށް ގެންގޮސް ކާމިޔާބުކުރަން ޖެހޭ ކަމަށެވެ.
ރައްޔިތުން ދިން ލޯބި އަނބުރާ ދޭނީ ހީނުކުރާ ގޮތަކަށް - ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ