ފުރަތަމަ ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފިރިހެންނުންގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ހީޓްގެ އެއް ވަނަ ހޯދައި، އެ އިވެންޓްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިހާރު އަޒަރުބައިޖާންގެ ބަކޫގައި ކުރިއަށްދާ ގޭމްސްގައި، ހީޓް އެކެއްގައި ދުވެ، ސާއިދު ރޭސް ނިންމީ 10.40 ސިކުންތުން ނެވެ. ހީޓުން ދެވަނަ ހޯދި ތުރުކީގެ ރަމީލް ގުލީވް ވެސް 10.40 ސިކުންތުން ރޭސް ނިންމާ ސެމީއަށް ދަތުރު ކޮށްފައިވެއެވެ.
ހީޓް ހަތަރެއްގައި ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ ސަރީސް އަހުމަދުވަނީ ވާދަކޮށްފައެވެ. ނަމަވެސް އޭނާއަށް ސެމީގެ ޖާމައެއް ލިބިފައެއް ނުވެއެވެ.
100 މީޓަރު ދުވުމުގެ ހީޓް 4 ގައި ރާއްޖޭގެ ކުރިއަރަމުން އަންނަ ދުވުންތެރިއެއް ކަމުގައިވާ ސަރީސް އަޙުމަދު ރޭސް ނިންމާފައިވަނީ 11.28 ން ހަތް ވަނާގައި އޮވެގެންނެވެ.
ސާއިދު ވާދަކުރާ ސެމީ ފައިނަލް ދުވުން އޮންނާނީ ރާއްޖޭ ގަޑިން އިރުއޮއްސި 6:45 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ