ސެކިއުރިޓީ ކަނޑާލައިފިކަމަށް ގާޒީ ބާރީ ވިދާޅުވެއްޖެ

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބުުދުލްބާރީ ޔޫސުފް އަށާއި އާއިލާއަށް ދެމުން ގެންދިޔަ ސެކިއުރިޓީ ކަނޑާލައިފިކަމަށް ބާރީ ވިދާޅު ވެއްޖެއެވެ.
ބާރީ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިނީ އޭނާގެ އަނބިދަރިންނަށް ފުލުހުންގެ ފަރާތުން ދެމުން އައި ސެކިއުރިޓީ ބިރު ދެއްކުމުގެ ގޮތުންކަމަށްވާނަމަ އެ ހީފުޅުކުރެވުނީ ރަނގަޅަށް ނޫން ކަމުގައެވެ/
އަދި "ކެރެންޏާމު އަޅުގަނޑު މަރާލާ" މިހެންވެސް ބާރީ ލިއުއްވާފައި ވެއެވެ.
ބާރީގެ ސެކިއުރިޓީ ކަނޑާލާފައިވާކަމަށް ވިދާޅުވި އިރު މީގެ ކުރިން ގާޒީ ބާރީ ވަނީ "ހަމަ ކަށަވަރުން އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އަދި "އެއީ ކޮން ބައެއް ކަމާއި، އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލު އަންނަނީ،" ދާދިފަހުން ސްޓެޓަސްގައި ލިއުއްވާފައެވެ.
ކްރިމިނަލް ކޯޓްގެ އިސްގާޒީގެ މަޤާމުގައި ހުންވަނިކޮށް ގާޒީ ބާރީ ކުއްލި ގޮތަކަށްވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ. ބާރީ ޖްވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއެއް ކޯޓުން ބޭރުކޮށްލި ދަނޑިވަޅާ ދިމާކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ