އުމަރު ޓީމުގެ މާޒް ސަލީމު ރައީސް ޔާމީނާއި އެކު

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރު ޓީމުގައި ހުންނެވި މާޒް އަހުމަދު ސަލީމް ރައީސް ޔާމީނުގެ ވެރިކަން ދިފާއު ކުރުމަށް ނިކުންނަވައިފިއެވެ.
ސަލީމް ރޭވަނީ ޕީޕީއެމް ރާސްޓަސް ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީނާއި ސަރުކާރުގެ ދިފާއުގައި ސަލީމް ވާހަކަ ދެއްކެވިއެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެ ސަލީމް ވަނީ ވާހަކަ ދައްކަވާފައެވެ. ސަލީމް ރައީސް ޔާމީނުގެ ވެރިކަމުގެ ދިފާއުގައި ނިކުންނެވި އިރު އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކުގައި އުމަރު ނަސީރުވެސް އެއްވެސް ވަރަކަށް ބައިވެރިވެވަޑައެއް ނުގަންނަ ވައެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ބަލިވުމުންވެސް ސަލީމު ހުންނެވީ އުމަރު ނަސީރުގެ ޓީމުގައެވެ. އަދި ޕްރައިމަރީގައި ވޯޓް އޮޅުވާލި ކަމުގެ ރުހުމަތާއި އެނޫންވެސް ބޮޑެތި ތުހުމަތުތަކެއް ރައީސް ޔާމީނަށް ނިސްބަތް ކުރައްވާ އުމަރު ކުރެއްވި އިރުވެސް ސަލީމް އުމަރާއި އެކު ހުންނެވިއެވެ.
ނަމަވެސް ރިޔާސީ އިންތިހަބުގެ ފަހު ބުރުގައި ރައީސް ޔާމީނާއި އެއްކޮޅަށް ވަޑައިގެން ވެރިކަން ލިބުމާއި އެކު އުމަރު ހޯމް މިނިސްޓަރުކަން ހޯއްދެވި އިރު ސަލީމް ހޯއްދެވީ އެ މިނިސްޓްރީގެ ނައިބު ކަމެވެ. ހޯމް މިނިސްޓަރު ކަމުން އުމަރު އިސްތިއުފާ ދެއްވި ނަމަވެސް ސަލީމު އަދިވެސް ހުންނެވީ އެ މަޤާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ