ދުނިޔޭގެ ފުރަތަމަ ރޮބޮޓިކް ހޮޓާ 2027 ގައި ޗައިނާގައި ހުޅުވަނީ

ހަމައެކަނި ރޮބޮޓުގެ އެހީގައި ހިދުމަތްދޭ ދުނިޔޭގެ ފުރަތަމަ ހޮޓާ، 2027 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާގައި ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
ޗައިނާގެ ޝެންޒެން-ޖޮންގްޝާން ލިންކްގެ ވެސްޓް އާޓިފިޝަލް އައިލެންޑްގައި ގާއިމުކުރާ މި ހޮޓަލުގެ މައިގަނޑު ހުރިހާ ހިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވަނީ ރޮބޮޓު ބޭނުންކޮށްގެންނެވެ.
މީގެ ތެރޭގައި ރިސެޕްޝަންގެ ހިދުމަތްތަކާއި، ފޮށިތަންމަތި އުފުލުމާއި، ރޫމް ސާވިސްގެ އިތުރުން ކޮޓަރިތައް ސާފުކުރުމާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
މި ހޮޓާ ރަސްމީކޮށް 2027 ވަނަ އަހަރު ހުޅުވުމުގެ ކުރިން، 2026 ވަނަ އަހަރުގެ ފަހުކޮޅު ހޮޓަލުގެ ހިދުމަތްތައް ޓެސްޓު ކުރުމުގެ ގޮތުން ޓްރަޔަލް އޮޕަރޭޝަންތައް ފެށުމަށް ވަނީ ނިންމާފަ އެވެ.
މި މަޝްރޫއަކީ ވެސްޓް އާޓިފިޝަލް އައިލެންޑަކީ ރޮބޮޓިކްސް އަދި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއަށް ހާއްސަ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ޗައިނާއިން ފަށާފައިވާ ފުޅާ މަސައްކަތުގެ ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ