ލަންކާގައި މި އަހަރު 50،000 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓުކޮށްފި

މި އަހަރުގެ މިހާތަނަށް ސްރީލަންކާއިން 50،000 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ނަލިންދަ ޖަޔަތިއްސަ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، މި އަހަރުގެ މިހާތަނަށް އެ ބަލީގައި 30 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލި ފެތުރުން އިތުރުވުމާ ގުޅިގެން އެ ގައުމުގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވެފަ އެވެ.
ޑެންގީ ކޮންޓްރޯލް ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި ލަންކާގެ 14 ޑިސްޓްރިކްޓަކަށް ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ފަރުވާދެވޭނެ ޖާގަ މިހާރު ވަނީ ފުރިފަ އެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ބަލީގެ ނުރައްކާ ބޮޑު ހިސާބުތަކުގައި ކުރިއަށްގެންދިޔަ ތިން ދުވަހުގެ ހާއްސަ ޕްރޮގްރާމް ހުކުރު ދުވަހު ވަނީ ނިންމާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ