މިއަދު ހެނދުނު ހުޅުމާލޭގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ދިޔައިރު، އެތަނުން ބަނގުރާ ހުސްކުރި ފުޅިތަކެއް ފެނިއްޖެ އެވެ.
ވީ ކިހިނެއް؟- ފުލުހުން ބުނިގޮތުގައި މިއަދު ހެނދުނު ހައެއް ޖަހާކަންހާއިރު، ހުޅުމާލޭ ފޭސް-1 ގެ އެޕާޓްމެންޓެއްގެ ތެރޭގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް ލިބުނު ރިޕޯޓާ ގުޅިގެން އެތަނުން ހަތަރު ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.އެއީ:
26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި
24 އަހަރާއި 34 އަހަރުގެ ދެ ފިރިހެނުން
މިއީ ހުސް ދިވެހިން
ފުލުހުން ބުނީ އެ އެޕާޓްމެންޓް ބަލާ ފާސްކުރި އިރު، ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް އެތަނުން ފެނިފައިވާ ކަމަށެވެ. އަދި އެތަން ބަލައި، ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކޮށްފައިވާ ކަމަށް ބުންޏެވެ.
ހަމަނުޖެހުން ހިންގި ތަނަށް ދިޔައިރު ފެނުނީ ރާފުޅިތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ