އިތުރު 82 ޒުވާން ހަތީބުން އުފައްދައިފި، ޖުމުލަ އަދަދު 600 އިން މައްޗަށް!

ރީތިކޮށް ގުރުއާން ކިޔަވާ އަދި ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންތަކެއް އުފެއްދުމަށް މި ސަރުކާރުން ފެށި ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރި އިތުރު 82 ދަރިވަރަކަށް ސަނަދު ދީފި އެވެ
އަށާރަ އަހަރުން ދަށުގެ ކުދިންނަށް އިމާމުގެ ނަމާދުކުރުމާއި ހުތުބާ ކިޔުން މިދިޔަ ސަރުކާރުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ ޑިސެމްބަރު 2023 ގައި އެ ހުއްދަ ދޭން ނިންމައި، ޒުވާން ހަތީބުން ތަމްރީނު ކުރުމަށް ޕްރޮގްރާމެއް ފަށައިފަ އެވެ. އެ ޕްރޮގްރާމްގެ އަމާޒަކީ ޖުމުލަ 1،000 ޒުވާން ހަތީބުންނާއި އިމާމުން ތަމްރީނުކުރުމެވެ.
އެ ޕްރޮގްރާމުގެ ހަތަރުވަނަ ބުރު ނިންމައި ސަނަދު ދީފައިވަނީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމުގެ ހަތަރުވަނަ ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވާ ކަމަށެވެ. އެއާއެކު ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގުރާމު ފުރިހަމަކުރި ހަތީބުންގެ އަދަދު 621 އަށް އަރާފައިވާ ކަމަށް ބުންޏެވެ.
އެގޮތުން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ހަތީބުން އަދި ދެވަނަ ބުރުގައި 169 ހަތީބުން ސަނަދު ހާސިލުކުރި އިރު، ތިން ވަނަ ބުރުގައި 269 ހަތީބުން ސަނަދު ހާސިލުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ