ރާއްޖެ އިސްލާމްވި ދުވަސް ސަރުކާރުން އަލުން ފާހަގަ ކުރަން ނިންމީ، ރާއްޖޭގައި ނަސޯރާ ދީނާއި އެހެން ދީންތައް ފެތުރުމަށް ބަޔަކު މަސައްކަތް ކުރާތީ، އެ ފިކުރުތަކުން ދިވެހިން ދުރުކުރުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދުު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވީ ހިޖުރަ އިން 548 ވަނަ އަހަރު ނަމަވެސް، އެ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަ ކުރަން ފެށީ މުހައްމަދު ފަރީދުގެ ރަސްކަމުގައި ހިޖުރަ އިން 1374 ވަނަ އަހަރު އެވެ. ފަރީދުގެ ރަސްކަމުގައި 14 އަހަރު އެ ދުވަސް ފާހަގަ ކުރުމަށް ފަހު އެކަން ހުއްޓުނެވެ. އޭގެ ފަހުން އަލުން އެ ދުވަސް ފާހަގަ ކުރަން ފެށީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަސް ވަނަ އަހަރުގެ ތެރޭގައި 2000 ވަނަ އަހަރު އެވެ.
މިއަދު ފާހަގަ ކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ މަނިކުފާނު ނެރުއްވި ނޫސް ބަޔާނެއްގައި މައުމޫން ވިދާޅުވީ އަލުން އެ ދުވަސް ފާހަގަ ކުރަން ފެށި އިރު ރާއްޖޭގައި ނަސޯރާ ދީން ފެތުރުމަށާއި ނުސީދާކޮށް ފިކުރީ ހަނގުރާމައެއްގެ ސިފައިގައި، ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ފުނޑުފުނޑުކޮށްލުމަށް ބަޔަކު މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އެހެންވެ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަން ފެށި އެއް މަގްސަދަކީ ވެސް، ރާއްޖެ އަށް އޭރު އަންނަމުން ދިޔަ އެކި ދީންތަކުގެ ފިކުރާއި ވިސްނުމުން ދިވެހިން ދުރުކޮށް، ދީނީ ވަހުދަތާއި އެއްބައިވަންތަކަން ހިމާޔަތް ކުރުން ކަމަށް ވިދާޅުވި އެވެ.
Raajje akee muslim gaumakah vaathee hasadhaverivaa bayaku ebathibi: Raees Yameen
Mihaaru
މައުމޫން ވިދާޅުވި ގޮތުގައި، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރާއިރު މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ މިއަދާ ހަމައަށް ވެސް އޮތުމުގެ ސިއްރަކީ އިސްލާމްދީން ކަން ހަނދާން ކުރަން ޖެހެ އެވެ. އަދި ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ވެސް އަދި ރާއްޖޭގައި ޒަމާނުއްސުރެ އޮތް އަހުވަންތަކަމަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އަޚްވަންތަކަމުގެ ގުޅުމުގެ ރޫހު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާ މެދު ހޭލުންތެރިވެ، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ." ނޫސް ބަޔާނުގައި މައުމޫން ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވިތާ މިއަދަށް މީލާދީ ގޮތުން 864 ފުރޭނެ އެވެ. އަދި ހިޖްރީ ގޮތުން 891 އަހަރު ފުރުނީ އެވެ.
އިސްލާމްވި ދުވަސް ފާހަގަކުރަން ފެށީ ދީނީ އެހެން ފިކުރުތަކާ ދުރުކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ