ނިލަންދޫ ކައުންސިލް މެމްބަރު ކަމަށް މުޙައްމަދު ސޯ ވާދަކުރަން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ނިލަންދޫ ކައުންސިލް މެމްބަރު ކަމަށް ވާދަކުރަން ނިންމާފައިވާ ކަމަށް މުޙައްމަދު އަޙުމަދު (މުޙައްމަދު ސޯ) ހާމަކޮށްފި އެވެ.
ސޯޝަލް މީޑިއާގައި މުޙައްމަދު ސޯ ޢާޢްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ “ޚިޔާލާ ފިކުރަކަށް ބަދަލުވުމެއްނެތި ރައްޔިތުންނާއެކު” ހުރި ކަމަށާއި، ކުރިއަށް އޮތް އިންތިޚާބުގައި މުޙައްމަދު ސޯ އަށް ވޯޓް ދެއްވުމަށެވެ.
ކައުންސިލް މެމްބަރު ކަމަށް ވާދަކުރުމަށް މުޙައްމަދު ސޯ ނިންމިއިރު، ވާދަކުރަނީ ކޮން ޕާޓީއަކުން ކަމެއް ނުވަތަ އަމިއްލަ ގޮތުން ކަމެއް ބުނެފައިއެއް ނުވެއެވެ.
މުޙައްމަދު ސޯ ވަނީ މީގެކުރިން ބޭއްވި ކައުންސިލް އިންތިޚާބުތަކުގައި، އެއްފަހަރު ޑީއާރުޕީ ޓިކެޓްގައި އަދި ފަހުން އަމިއްލަ ގޮތުންވެސް ވާދަކޮށްފައެވެ.
މުޙައްމަދު ސޯއާއިއެކު މިހާތަނަށް ނިލަންދޫ ކައުންސިލަށް ވާދަކުރާނެ ކަމަށް 9 ފަރާތަކުންވަނީ އިޢުލާން ކޮށްފައި އެވެ.
ނިލަންދޫ ކައުންސިލް ރައީސް ކަމަށް:
ޢަލީ އަޙުމަދު (ޕީޕީއެމް)، މުޙައްމަދު ޚަލީލު (އެމްޑީޕީ)
ނިލަންދޫ ކައުންސިލް މެމްބަރު ކަމަށް:
އިބްރާހީމް މުޙައްމަދު (ޕީޕީއެމް)، ނަޝީދާ (ޕީޕީއެމް)، ސަމީރާ (ޕީޕީއެމް)، ޝަމްސުއްނިސާ (އެމްޑީޕީ)، އަޙުމަދު ޢަލީ (އަމިއްލަ)، ނީޝާ (އަމިއްލަ)، މުޙައްމަދު ސޯ (އަމިއްލަ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ