ރާއްޖޭގެ މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން ބ އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެެން ބ.އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު 13:30 އިން ފެށިގެން 17:30 އާއި ހަމައަށް ކަމަށް ވާއިރު އެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ.
މޫސުމބެހޭ ގައުމީ އިދާރާއިން ނެރޭ އެލާޓް ތަކަށް ބަލާއިރު ވައިޓްއެލާޓުގެ މާނައަކީ މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
މޫސުން ގޯސްވެ، ހއ.އިން ބ.އަތޮޅާ ހަމައަށް ވައިޓް އެލާޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ