މޫސުން ތަންނުދޭތީ އީދު ނަމާދު ބޮޑު ޖަމާއަތް ކެންސަލް ކޮށްފި

މޫސުން ތަންނުދޭތީ، މާލެ ސިޓީގެ ސަރަހައްދުތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ނުބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މޫސުން ތަން ނުދިނުމުގެ ސަބަބުން މާލެ ސިޓީގެ އަވަށްތަކުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ނޯންނާނެ ކަމަށެވެ.
އެހެންކަމުން، މާލޭގައި ހުކުރކުރާ ހުރިހާ މިސްކިތްތަކެއްގައި ފިތުރު އީދު ނަމާދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ޓްވީޓްގައި ބުނެފައި ވެއެވެ.
މިގޮތަށް ހަމަޖެއްސެވުން، މާލޭގެ އަވަށްތަކުގެ އިތުރުން، ހުޅުމާލެއާއި، ވިލިމާލޭގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ނޯންނާނެއެވެ. ހުޅުމާލެއާއި، ވިލިމާލޭގައިވެސް މާދަމާ އީދު ނަމާދުކުރުން އޮންނާނީ ހުކުރުކުރާ މިސްކިތްތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ