ޕެބަލްސް އާއިލީ ހަވީރުވެސް މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ވިލިމާލޭގައި މިއަދު ބާއްވަން ހަމަޖެހިފައި އޮތް އާއިލީ ހަވީރު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން މިކަން އިންތިޒާމްކުރާ ޕީސް ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވީ ޕެބަލްސް ނަމުގައި މިއަދު ބާއްވަން ހަމަޖެހުނު އިވެންޓް މޫސުން ތަންނުދިނުމުގެ ސަބަބުން ކެންސަލްކުރެވިފައިވާ ކަމަށާއި ދެން މިއިވެންޓް އޮންނާނީ ކުރިއަށް އޮތް ހަފްތާ ބަންދުގައި ކަމަށެވެ.މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހުޅުމާލޭގައި ބައްވަންއޮތް ޢީދު ސްމައިލް އިވެންޓްވެސްވަނީ މިމަހުގެ 8 ވަނަ ދުވަހަށް ލަސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ