ރަސްމާދޫގައި އައު އިންޖީނުގެ އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ރ. ރަސްމާދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގެ އެޅުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްުވުމުގައި ސޮއިކޮށްފިއެވެ.
އެ މަސައްކަތް ކުުމަށް ހަވާލުކޮށްފައި ވަނީ، ޓައިނީ ނީމޯ އާއެވެ.
އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. ނީމޯ ކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަހީދުއެވެ.
މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ 5.5 މިލިއަން ރުފިޔާއަށް ނުވަ މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އިންޖީނުގެ ފަދަ މުހިންމު ތަންތަން ނުހުންނަ ރަށްރަށުގައި އެފަދަ ތަންތަން އިމާރާތްކޮށް ރަށްރަށުގެ އަސާސީ ކަންކަން ފުރިހަމަ ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ