ގާޒީ ޝަކީލް އާއި ހިސާން ބައްދަލުކުރި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް: ނަޝީދު

ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބައްލަވާ ގާޒީ އަޙްމަދު ޝަކީލްއާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ޙުސައިން ބައްދަލުކުރެއްވި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ދޮގުކުރައްވައިފިއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާ އެފަދަ ހަގީގަތެއް ނެތް ވާހަކަ ދެއްކުމަކީ އެއްވެސް މީހަކަށް ފައިދާހުރި ކަމެއް ނޫން ކަމަށެވެ. "މި ބާވަތުގެ ހަގީގަތެއް ނެތް ވާހަކަ ފެތުރުމަކީ އެއްވެސް ފަރާތަކަށް ފައިދާ ހުރި މަސްލަހަތެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ. ދަންވަރުގެ ވަގުތެއްގައި ޖޭއެސްސީއަށް ޝަކީލް ގެންގޮސް ހިސާން އަދި އެ ކޮމިޝަނުގެ މެންބަރު، އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު އޭނައާ ބައްދަލުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެކަމާ ގުޅިގެން ޖޭއެސްސީން ކުރި ޓްވީޓެއްގައި ވަނީ, އެ ކޮމިޝަނުގެ ރައީސްއާ މެންބަރު ރިއްފަތު, ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީއާ ބައްދަލުކުރިކަމަށް ބުނެ މީޑިއާއަކުން ކޮށްފައިވާ ޚަބަރު ދޮގުކުރާ ކަމަށެވެ. "މި ކޮމިޝަނުގެ އަގު ވައްޓާލުމަށް އިތުބާރު ނުހިފޭ ދޮގު ޚަބަރު ފަތުރާތީ މިކަން ކުށްވެރިކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމުގައި ދަންނަވަން," ޖޭއެސްސީން ކުރި ޓްވީޓެއްގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ