މޫސުން ގޯސްވިޔަސް އެމްޑީޕީގެ ކެމްޕެއިން ބޮޑު ޖަލްސާ މިރޭ ކުރިއަށް ގެންދަން އެ ޕާޓީން ތައްޔާރުވެއްޖެ އެވެ.
“އުފާވެރި މާލެ” ނަމުގައި އެމްޑީޕީގެ ބޮޑު ޖަލްސާ ބާއްވަން ނިންމާފައި ވަނީ ކާނިވާ ސަރަހައްދުގަ އެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30ގަ އެވެ.
އެމްޑީޕީން މައުލޫމާތު ދޭ ގޮތުގައި، އެމްޑީޕީގެ ޖަލްސާ މޫސުމަށް އޮތީ ތައްޔާރުވެފަ އެވެ. އެގޮތުން މޫސުން ގޯސްވިޔަސް، ޖަލްސާ ކުރިއަށް ގެންދިއުމަށް ޖަލްސާގައި ބައިވެރިވާ ކޮންމެ މީހަކަށް ކުޑައެއް ދޭނެ ކަމަށް ބުންޏެވެ.
ބޮޑު ޖަލްސާގައި ބައިވެރިވުމަށް ރަށްރަށުންވެސް ބައެއް މީހުން ދަނީ މާލެ އަންނަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި ގޮތުގައި، މިރޭގެ ޖަލްސާގައި ރައީސް ސޯލިހު މާލެއާ ދޭތެރޭ ގެންގުޅުއްވާ ތަސައްވުރު ވަރަށް ރަނގަޅަށް ހާމަވެގެންދާނެ ކަމަށެވެ.
މޫސުން ގޯސްވިޔަސް އެމްޑީޕީގެ ބޮޑު ޖަލްސާ މިރޭ ކުރިއަށްދާނެ، ކޮންމެ މީހަކަށް ކުޑައެއް ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ