އީދު ޗުއްޓީ ނިމުނަސް، މިއަދު މަސައްކަތް ނުފެށުނު: މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

އީދު ޗުއްޓީއަށް ފަހު މިއަދު ރަސްމީ މަސައްކަތް ފެށި ނަމަވެސް، މިއަދު އެއްވެސް މަސައްކަތެއް އެޖެންޑާގައި ނުކޮށް އޮތުމަށްފަހު، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފިއެވެ. މަޖިލީހުގެ އެޖެންޑާގައި މާދާމާއަށް ތާވަލުކޮށްފައި ވަނީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރިއަށް ގެންދިޔުމަށެވެ. ނޭޕާލަށް ރާއްޖޭއިން ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރު ހަމަޖެއްސުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން މާދާމާގެ ޖަލްސާގައި އޮންނާނެއެވެ. އެއާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމަށް ވެސް ތާވަލުކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީސް: އީދު ޗުއްޓީއަށް ފަހު މާދަމާ މަޖިލިސް ޖަލްސާތައް ފަށަން ވަނީ އެޖެންޑާކޮށްފައި -- ފޮޓޯ/ މަޖިލީސް މާދަމާ އަލުން މަޖިލީހުގެ ޖަލްސާތައް ފަށާއިރު، ބޮޑު ޗުއްޓީއަކުން އައުމަށް ފަހު މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވީ މިދިޔަ ހޯމަ ދުވަހެވެ. އެކަމަކު، އޭގެފަހުން އިތުރު ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. https://sun.mv/206841 މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރައިގެ އިތުރުން ބުދަ ދުވަހެވެ. މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ސަބަބެއް ނާނގާ ކެންސަލްކުރާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެކަމަކު، މަޖިލީހުގެ ރިޔާސަތުން އޭރު ވަނީ ޖަލްސާތައް ކެންސަލްކުރަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށާއި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ގިނަ މެންބަރުންތަކެއް ބަހުސްކުރުމުގެ ފުރުސަތަށް އެދިއެދި ތިއްބައި ޖަލްސާ ކުރުކޮށްލައި، ނިންމާލާފައި ވެސް އެބަހުއްޓެވެ. މަޖިލީސް މެންބަރުންގެ މުސާރައާ އެކަށިގެންވާ މަސައްކަތެއް އެ މެންބަރުން ނުކުރާ ކަމަށް ބުނެ އާންމުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ގޮތުން މެންބަރުންނަށް ލިބޭ 82،500 ރުފިޔާގެ މުސާރަ މާ ބޮޑު ކަމަށް ބުނެ، އެ މުސާރަ ކުޑަކުރަން ގޮވާލައި މި ފަހުން ޕެޓިޝަނެއްގައި ވެސް ބައެއް މީހުން ސޮއިކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ