ޝައިޚް ފަރީދުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައި ބާއްވަން ނިންމައިފި

މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅަށް އިއްޔެ ދަތުރުފުޅު ކުރެއްވެވި ފަޟީމަތުއްޝައިޚް އިބްރާހީމް ފަރީދު ރަޙިމަހުﷲ ގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގައި ހުންނަ ހާޖީ ފީސަބީލިﷲ މިސްކިތުގައި ބޭއްވުމަށް ނިންމައިފިއެވެ.
ޝައިޚް ފަރީދުގެ އާއިލާއިން މަޢުލޫމާތު ދެއްވިގޮތުގައި، ޝައިޚުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. އަދި މޫނު ދެއްކުން އޮންނާނީ ހެނދުނު 11:00 އިން މެންދުރުފަހު 12:30 އަށް ކަމަށް އާއިލާއިން ވިދާޅުވިއެވެ.
ޝައިޚް ފަރީދު ވަޅުލުމަށް ހަމަޖެހިފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައި ކަމަށްވެސް އާއިލާއިން ހާމަކުރެއްވިއެވެ.
އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ