18 ކިލޯ ޑްރަގު މައްސަލައިގައި ހައްޔަރު ކުރި ބިދޭސީ މީހާ ދޫކޮށްލައިފި
ކަސްޓަމްސްއިން މިދިޔަ އަންގާރަ ދުވަހުގެ ރޭ އަތުލައިގަތް 18 ކިލޯގެ ޑްރަގު މައްސަލައިގައި އެ މުދާތައް ކްލިއާ ކުރަން ދިޔަ ބިދޭސީ މީހާ ފުލުހުން މިއަދު ދޫކޮށްލައިފި އެވެ.ޖުމްލަ ބަރުދަނުގައި 18.62 ކިލޯ ހުރި އެ ޑްރަގުގެ މަގުމަތީ އަގު އުޅެނީ 26 މިލިއަން ދިވެހި ރުފިޔާގަ އެވެ. މިއީ މި އަހަރު މިހާތަނަށް އެއްފަހަރާ އެންމެ ގިނައިން ރާއްޖެއިން މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނެވެ. އެ މައްސަލާގައި ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރީ އެ ތަކެއްޗާ ހަވާލުވާން ގޮސް ހުރި 35 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އަދި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ވެސް ފުލުހުންނާ ހަވާލުކުރި އެވެ.މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި، ތަހުގީގަށް ބެލިބެލުމުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތެވެ."ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން މަސްތުވާތަކެތި އެތެރެކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ މީހާއާ ގުޅުމެއް އޮތް ކަމަށް ނުފެންނާތީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ވަނީ ދޫކޮށްލާފައި،" ފުލުހުން ބުންޏެވެ.އެކަމަކު އެތަކެތި އެތެރެކުރީ ކޮން ކުންފުންޏަކުން ކަމެއް އަދި ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ