ހުލާސާކޮށް އިއްޔެ: ސައުދީން ދޭ އެވޯޑު ރާއްޖެ އަށް ނުލިބުނު ހުލާސާކޮށް އިއްޔެ: ސައުދީން ދޭ އެވޯޑު ރާއްޖެ އަށް ނުލިބުނު

ހައްޖަށް ދާ މީހުންނަށް ގައުމުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ހަމަޖައްސައިދޭ އިންތިޒާމުތައް ވަޒަން ކުރުމަށްފަހު ސައުދީ ސަރުކާރުން ދޭ ލައްބައިތުމް އެވާޑު 12 ގައުމަކަށް ލިބުނުއިރު، އެ ލިސްޓުގައި ދިވެހިރާއްޖެ ނުހިމެނޭ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ހައްޖަށް ދާ މީހުންނަށް ގައުމުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވަޒަން ކުރުމަށްފަހު އެ ގައުމުން ދޭ ލައްބައިތުމް ޑައިމަންޑު އެވާޑު ލިބުނީ ތުރުކީ އާއި އިރާގުގެ އިތުރުން މެލޭޝިޔާ އަށެވެ. ލައްބައިތުމް ގޯލްޑް އެވާޑު ލިބުނީ ސިންގަޕޫރާއި އަލްޖީރިއާ އަދި ޗައިނާ އަށެވެ.
ލައްބައިތުމް ސިލްވާ އެވާޑު ލިބުނީ ދެކުނު އެފްރިކާ އާއި އުރުދުން އަދި ދާރުއްސަލާމް އަށެވެ. ބްރޮންޒް އެވާޑު ލިބުނީ އިރާން އާއި ސޯމާލިއާގެ އިތުރުން ޓިއުނީޝިއާއަށެވެ.
ހައްޖަށާއި އުމްރާއަށް ދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވަޒަން ކުރުމަށްފަހު ވެސް ވަކިވަކީން ސައުދީ ސަރުކާރުން ލައްބައިތުމް އެވާޑު ދެ އެވެ. އެވޯޑު ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި، ގައުމުތަކުން ދުރާލާ ތައްޔާރުވެފައިވާ މިންވަރާއި، ހައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރާއި، ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުފެއްދުންތެރި ހައްލުތައް ހޯދާ މިންވަރަށް ވެސް ރިއާޔަތް ކުރެ އެވެ.
ލައްބައިތުމް އެވާޑަކީ ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ދޭ ޝަރަފުވެރި އެވާޑެކެވެ.
- ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވޭރޭވެހުން އެކަށީގެންވޭ
- ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި 40 މޭލަށް.
- އުތުރާއި މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ. ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެން ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ.
- ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ