ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭ ކުޅިވަރު ބިލު ތަސްދީގުކުރައްވައިފި

މި ބިލު ތަސްދީގު ވެގެން ދިއުމާއެކު ސްޕޯޓްސް ކޯޕަރޭޝަން ކުންފުނި ވަނީ އުވިގެން ގޮސްފަ އެވެ. ނަމަވެސް އެތަނުގެ މުވައްޒަފުންގެ ވަޒީފާތައް ނުގެއްލޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭ ގޮތަށް ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް މިއަދު ތަސްދީގު ކުރައްވާފައި ވަނީ މިއަދު ލައިވްކޮށް ނޫސްވެރިންނާއެކު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއީ އެމަނިކުފާނު މިފަދަ ގޮތަކަށް ބިލެއް ތަސްދީގު ކުރެއްވި ފުރަތަމަ ފަހަރެވެ.ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ ބިލުގައި ހުރި މުހިންމު ކަންކަން ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން ބިލު ތަސްދީގު ކުރުމާއެކު ކުޅިވަރުގެ ދާއިރާއަށް އަންނާނެ ބޮޑެތި ބަދަލުތައް ހިއްސާކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ މިއަދު މި އެޅެނީ ވަރަށް މުހިންމު ފިޔަވަޅެއް. މިއަދު މި ހުޅުވެނީ ވަރަށް މުހިންމު ސަފްހާއެއް ރާއްޖޭގެ ކުޅިވަރުގަ. އަޅުގަނޑުމެން އެންމެން، ހުރިހާ މުއައްސަސާތަކާ ހުރިހާ އެސޯސިއޭޝަންސްތަކާ، ކުޅިވަރުގެ ކޮމިއުނިޓީ ގުޅިގެން އިރާދަކުރެއްވިއްޔާ ރާއްޖޭގަ ކުޅިވަރު މުޅިން އާ ހަރުފަތަކަށް، ރަގަޅު މިސްރާބަށް ގެންދިއުމުގަ އެޅޭ މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.މި ބިލު ތަސްދީގު ވެގެން ދިއުމާއެކު ސްޕޯޓްސް ކޯޕަރޭޝަން ކުންފުނި ވަނީ އުވިގެން ގޮސްފަ އެވެ. ނަމަވެސް އެތަނުގެ މުވައްޒަފުންގެ ވަޒީފާތައް ނުގެއްލޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މި ބިލު ރައީސް ތަސްދީގުކުރެއްވުމާއެކު މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ