ކައިވެނިކޮށްގެން ހުރެ ހިލޭ އަންހެނުންނަށް ޚަރަދުކުރާނަމަ އެއީ ވަރަށް ނުރައްކާތެރި ސިގްނަލެކެވެ. އަނބިމިހާގެ އެކުވެރިންނަށް ކަމަށްވީނަމަވެސްމެއެވެ. ގިނަ ފަހަރު އެކަން ވެގެންދަނީ އަނބިމީހާ ދޫކޮށްލައި ގުޅެން ތައްޔާރަށް ބައިތިއްބާ ބައަކަށެވެ.
އެކަން އެނގެނީ ގިނަ ބައަކު ކޮށްފައިވާ ތަޖުރިބާއިންނެވެ. އެކަމަށް ހެކިލިބޭ ސަބަބެއްވެސް ބުނެފާނަމެވެ. ދެމަފިރިންގެ އެކުވެރިންގެ ތެރެއިންވެސް ރަނގަޅު ގޮތުގައި އުޅޭ ދެމަފިއަކު ދަތިޙާލުގައި އުޅުނަސް އެހީތެރިވެދޭނީ ވަރަށް މަދުންނެވެ. ނަމަވެސް އެއީ އެކަނިހުރި އަންހެނަކުނަމަ ހުންނާނީ ޚަރަދުކުރާނެ ފުރުޞަތަކަށް ބަލަބަލައެވެ. އަމިއްލައަށް އަހައި އޮޅުންފިލުންވައިގެންވެސް އެހީތެރިވެދޭނެއެވެ. އަދި ގިނައިން ޚަރަދުކުރާނީވެސް އަނބިމީހާއަށް ނުއެނގޭނެ ގޮތަށް ސިއްރުންނެވެ.
ދެމަފިރިންގެ އކުވެރިންގެ ތެރެއިން ދަތިޙާލުގައި އުޅޭ ދެމަފިރިންނަށްވެސް ތަނަވސްކަން ހުރި ވަރަކުން ޚަރަދުކުރާށެވެ. އަދި އެކަނި ތިބޭ އަންހެނުންނަށްވެސް ކަރަދުކުރުމަކީ މައްސަލައެއްވެސް ނޫނެވެ. ނަމަވެސް ޚަރަދުކުރަންވާނީ އަނބިމީހާއަށް އެކަން އަންގައިގެންނެވެ. ދެމަފިރިންގެ މެދުގައި މަޝްވަރާވެސް ކުރަންވާނެއެވެ.
ޞަދަޤާތަކަށްވާނީވެސް ހެޔޮގޮތުގައި އެހީތެރިވުމުންނެވެ. އަމިއްލަ އެދުމެއް ހިތުގައި ބާއްވައިގެން ޚަރަދުކުރާނަމަ އެއީ ޞަދަޤާތަކަށް ނުވާނެއެވެ. އެހެނީ ޞަދަޤާތްކުރުން އޮތީ ހަމައެކަނީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކައިވެނިކޮށްގެން ހުރެ ހިލޭ އަންހެނުންނަށް ޚަރަދުކުރާނަމަ އެއީ ވަރަށް ނުރައްކާތެރި ސިގްނަލެއް! އަނބިމީހާއަށް ކުރިމަތިވާން އޮތް ބޮޑު ނުރައްކަލެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ