ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ މި މަހުގެ 26 ގައި
މިއަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖާޖީން މި މަހުގެ 26 ގައި ފުރަން ފަށާނެ ކަމަށް ހައްޖު އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.އެ މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ، މި އަހަރު ރާއްޖެ އިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހު 26 ގައި މައްކާއަށް ދިއުމަށް ފުރާނެ ކަމަށެވެ. އިތުރު ގްރޫޕްތައް ފުރާ ތާރީހުތައް އަދި ނުލިބެ އެވެ.ހައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށާއި ހައްޖުވެރިންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމަށް ހައްޖު މިޝަންގެ މެމްބަރުންނަށް ޝަހީމް އިލްތިމާސް ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.ހައްޖު މިޝަންގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި މެޑިކަލް ޑޮކްޓަރަކާއި ދީނީ އިލްމުވެރިންގެ އިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ނޫސްވެރިއެކެވެ.މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް 1،000 ކޯޓާ ލިބިފައިވާއިރު ހައްޖަށް މީހުން ދާނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ހައްޖަށް ފޮނުވާ 50 ފަގީރުން ވެސް ހިމެނެ އެވެ.ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ހައްޖު ދުވަސް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ