ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އޭ330-200 މަރުކާގެ ދެވަނަ މަތިންދާބޯޓެއް ކުއްޔަށް ނަގަން އިއްޔެ އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ އެއާލައިނުގެ ފްލީޓަށް މިދިޔަ މަހު ވަނީ އޭ330ގެ ބޯޓެއް ގެނެސް ޗައިނާގެ ތިން މަންޒިލަކަށް ދަތުރު ފަށައިފަ އެވެ.
ތަފްސީލް - އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި އަދި ފުރަތަމަ ވައިޑް ބޮޑީ ބޯޓު ގެނައުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ގައުމީ އެއާލައިނުގެ ފްލީޓަށް މި އަހަރު އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސް، ޔޫރަޕުގެ މަންޒިލުތަކަށް ދަތުރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އިތުރު ބޯޓެއް ކުއްޔަށް ހިފަން ނިންމައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ން އިއްޔެ ކުރި އިއުލާނުގައި ބުނީ، ދިގު ދަތުރުތައް ކުރުމަށް އެ އެއާލައިނުގެ ފްލީޓަށް އޭ330 މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން ބޭނުންވަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ.
އޮޕަރޭޓިން ލީސް އުސޫލުން ކުއްޔަށް ނަގާ އެ ބޯޓުގައި:
އިކޮނޮމީ އަދި ބިޒްނަސް ކްލާސް ކެބިން ހުންނަން ޖެހޭ
ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަން ޖެހޭ
މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 26 ބޯޓު އޮވެ އެވެ. އެ އެއާލައިނުން ރާއްޖޭގެ އެތެރޭގެ މަންޒިލުތަކަށް އަދި އިންޑިއާ އާއި ޗައިނާ އަށް ދަތުރުތައް ކުރެ އެވެ.
ފާހަގަ ކުރެވޭ - މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓުގައި 264 މީހުންގެ ޖާގަ ހުރެ އެވެެ. އެއީ:
ބިޒްނަސް ކްލާހުގައި 18 ގޮނޑި
ޕްރިމިއަމް އިކޮނޮމީގައި 36 ގޮނޑި
އިކޮނޮމީގައި 210 ގޮނޑި
މޯލްޑިވިއަނުން 2 ވަނަ އެއާބަސް ކުއްޔަށް ނަގަން އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ