ފީފާ އިން އަނެއްކާ ވެސް ޕާކިސްތާން ސަސްޕެންޑްކޮށްފި ފީފާ އިން އަނެއްކާ ވެސް ޕާކިސްތާން ސަސްޕެންޑްކޮށްފި

ޒިއުރިކް (ފެބްރުއަރީ 7) - ފީފާ އިން އަނެއްކާ ވެސް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން (ޕީއެފްއެފް) ވަނީ ސަސްޕެންޑްކޮށްފި އެވެ.
މިއީ، 2017 ވަނަ އަހަރުގެ ފަހުން، ފީފާ އިން ޕާކިސްތާން ސަސްޕެންޑްކުރި ތިން ވަނަ ފަހަރެވެ. ފީފާ އިން މި ފަހަރު ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރަން ނިންމީ، ފީފާ އާއި އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީ ލަފާ ދިން ގޮތަށް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގާ ގަވާއިދު ބަދަލުކުރަން ދެކޮޅު ހެދުމުންނެވެ.
ނޯމަލައިޒިން ހާލަތަށް ގެނެސްފައި އޮތް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނަށް އޭއެފްސީ އާއި ފީފާ އިން ލަފާދީފައި އޮތީ، އެ ފެޑެރޭޝަންގެ އިންތިހާބު ބޭއްވުމުގެ، އިލެކްޓޯރަލް ކަންކަން، ދެފުށްފެންނަ ކުޅިވަރުގެ ރޫހާ އެއްގޮތްވާ ގޮތަށް އެކުލަވާލުމަށެވެ. އެކަމަކު، ޕާކިސްތާނުން އެކަން އެ ގޮތަށް ނުކޮށް، ނުފޫޒު ފޯރުވޭނެ ގޮތަށް ހިންގާ ގަވާއިދު ބައްޓަން ކުރަން ގަސްދުކޮށް، އަމަލުކުރާތީ ފީފާ އިން ނިންމީ ސަސްޕެންޑް ކުރާށެވެ.
ފީފާ އިން 2021 ވަނަ އަހަރު އޭޕްރީލް މަހު، ޕާކިސްތާން ސަސްޕެންޑްކުރުމަށް ފަހު، އޭގެ އެއް އަަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، 2022 ވަނަ އަހަރުގެ ޖޫން މަހު، ސަސްޕެންޝަން އުވާލައި، ނޯމަލައިިޒިން ކޮމިޓީއެއްގެ ދަށަށް ގެނެސް، އެތައް ފަހަރަކު މުއްދަތު އިތުރުކޮށްދީގެން ވެސް ފީފާ އިން ބޭނުންވާ ބަދަލު ނާއުމުން، އެންމެ ފަހުން މި ނިންމީ ސަސްޕެންޑް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ